ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު / ދިވެހިރާއްޖެ ނަންބަރ:IUL-303-AHR-303-2023-38
އިއުލާން
މަގުތަކުގައި ތަކެތި ބެހެއްޓުމާއި ގުޅޭ
މިހާރަކަށް އައިސް ރަށުގެ މަގުތަކުގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް އެކި ވައްތަރުގެ ތަކެތި ބަހައްޓަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ޕޭމަންޓް މަތީގައި އެޅިގައު ބެހެއްޓުމާއި، ޖޯލި ބެހެއްޓުމާއި، ވެލިގޯނި ޖެއްސުމާއި، ފިލައާއި ލަކުޑި ފަދަ ތަކެތީގެ އިތުރުންވެސް އެކިއެކި ބާވަތްތައް ބަހައްޓަމުން ދާކަން ފާހަގަކުރަމެވެ. އަދި ތާރު ނާޅައި ހުރި މަގުތަކުގެ ވަށާފާރު ބޭރުކައިރީގައި ކޮޕީފަތް ފަދަ ގަސްތައް އިންދައި ހައްދަމުންދާކަން ވެސް ފާހަގަކުރަމެވެ. މިކަންކަމީ މީގެ ސަބަބުން މަގު ބޭނުންކުރައްވައި ފަރާތްތަކަށް ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާކަމެކެވެ. އަދި މިކައުންސިލްގެ ހުއްދަ ނުނަގައި މިގޮތަށް ގަސްއިންދުމާއި ތަކެތި ބެހެއްޓުމަކީ މަނާކަމެއްކަމުގައި އެންމެހައި ރައްޔިތުންނަށް ހަނދުމަފުޅުކޮށްއަރުވަމެވެ. އަދި މިގޮތަށް ތަކެތި ބެހެއްޓުމުން ރަށުގައި ދިރިއުޅޭ މުޅި މުޖުތަމުޢުއަށް މިކަމުގެ އުނދަގޫ ތަހައްމަލްކުރަންޖެހުމަކީ ރަށުގެ ޢާންމު އިޖުތިމާއި ހަމަޖެހުމަށް އަސަރުކުރަމުންދާ ކަމެއްކަމުގައި މިކައުންސިލުން ދެކެމެވެ.
ހުރިހާފަރާތްތަކުންވެސް މަގުގެ ހިނގާ ސަރަޙައްދުގައާއި މަގުތަކުގެ ޕޭމަންޓް މަތީގައި ބަހައްޓާފައިވާ އެންމެހައި ތަކެއްޗާއި މަގުމަގުގެ އަރިމަތީ އިންދާފައިވާ ގަސްތައް 31 އޮކްޓޫބަރ 2023ގެ ނިޔަލަށް ނަގައި މަގުތައް ހުސްކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި ނުނަގައި ހުންނަ ތަކެތި ނެގުމަށްޓަކައި މިކައުންސިލުން އަންގަންޖެހޭ ފަރާތްތަކަށް އަންގައިގެން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 މުޙައްރަމް 1445
12 އޮކްޓޫބަރ 2023