ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
އުނގޫފާރު / ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ބަނދަރުން އަލަށް ކަނޑަމުންދާ ނެރާ ގުޅޭ
މިހާރަކަށް އައިސް އޮޑިދޯނިފަހަރު ދުއްވާ ބައެއްފަރާތްތަކުން އުނގޫފާރު ބަނދަރުން އަލަށް ކަނޑަމުންދާ ނެރުން އޮޑިދޯނިފަހަރު ވަދެ ނުކުތުމަށް ބޭނުންކުރާކަންވަނީ ފާހަގަ ކުރެވިފައެވެ. މި ނެރަކީ އަދި މަސައްކަތް ނިމިފައިނުވާ، ބައެއްވަގުތުތަކުގައި ކޮނުމުގެ މަސައްކަތް ކުރަމުންދާ ނެރެކެވެ. އަދި މިނެރުގެ ތެރޭގައި ސަވާޖީ ވާތަކެއް ބެހެއްޓިފައިވާ ނެރެކެވެ. މިކަމުގެ ސަބަބުން ނެރު ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި އެއްވެސް ފަރާތަކުން، އަލަށް ކަނޑަމުންދާ ނެރު ބޭނުން ނުކުރުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
30 ރަބީޢުލްއައްވަލް 1445