އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތް ޑިޒައިންކުރުމާއި، އަދި ބިލްސް އޮފް ކުއަންޓިޓީ (ބީ.އޯ.ކިއު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތް ޑިޒައިންކުރުމާއި، އަދި ބިލްސް އޮފް ކުއަންޓިޓީ (ބީ.އޯ.ކިއު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ސުރުޙީގައި ބަޔާންވެފައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ ނަންބަރު: TENDER/URH/2023/37 އަދި TENDER/URH/2023/39 ގެ ދެ އިޢުލާނާއި ގުޅިގެން، މިމަސައްކަތްކޮށްދިނުމަށް ހުށަހަޅުއްވާފައިވާ އަގުތައް މާބޮޑުކަމަށް ފެންނާތީވެ، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

ވީމާ، ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ ޑިޒައިންކުރުމާއި، އަދި ބިލްސް އޮފް ކުއަންޓިޓީ (ބީ.އޯ.ކިއު) ތައްޔާރުކޮށްދިނުމަށް ޝަޢުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ރަޖިސްޓްރީ ކުރެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުމާއިއެކު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް)

ތާރީޚް: (މުއްދަތު) – 16 އޮކްޓޯބަރު 2023 ވީ އަންގާރަ ދުވަހުން ފެށިގެން 26 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް.

އީމެއިލް: tender@urh.gov.mv ފޯނު ނަންބަރ: 6583007

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ތިރީގައިއެވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.

ތާރީޚް: 30 އޮކްޓޯބަރު 2023 ވާ ހޯމަ ދުވަސް ގަޑި: 13:00 (މެންދުރުފަހު)

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

01 ރަބީޢުލްއާޚިރު 1445

16 އޮކްޓޯބަރު 2023

16 އޮކްޓޫބަރު 2023
ހޯދާ