އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އޮފީހުގައި ސޯލާ ޕަވަރ ސިސްޓަމް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކަމިޝަންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އޮފީހުގައި ސޯލާ ޕަވަރ ސިސްޓަމް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކަމިޝަންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2023 އޮކްޓޫބަރު 22 ވާ އާދީއްތަ ދުވަހުގެ 10:00އިން ފެށިގެން 2023 އޮކްޓޫބަރު 26 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމަޔަށް ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް tender@adducity.gov.mv)) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 އޮކްޓޫބަރު 23 ވާ ހޯމަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 އޮކްޓޫބަރު 31 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 ނޮވެންބަރު 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: tender@adducity.gov.mv
04 ރަބީޢުލްއާޚިރް 1445
19 އޮކްޓޫބަރު 2023
22 އޮކްޓޫބަރު 2023
ހޯދާ