ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކައްދޫ މެޓް އޮފީހުގެ ތިރީގައި އެވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.
- އޮފީހުގެ ބޮޑު ދޮރު ބަދަލުކުރުން.
- އޮފީހުގެ ކުޑަ ދޮރުތަށް ބަދަލުކުރުން.
- އެޑްމިން ބަޔާއި ސައިކޮޓަރި އަދި ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.
- ގުދަނުގެ ދޮރުފަތް ބަދަލުކުރުން.
- އޮފީހުގެ ސީލިންގ މަރާމާތު ކުރުން.
- އިމާރާތުގައި ކުލަޔާއި ދަވާދުލުން.
- އޮފީހުގައި ހަރުކޮށްފައިވާ 1 ފެންލައިޓް ނެގުމާއި ފާރުގައިވާ އިލެކްޓްރިކަލް 4 ސްވިޗް ބަދަލުކުރުން.
- ސައިކޮޓަރީގައި ސިންކް ހަރުކުރުމާއި ފާރުގެ ބައެއްގައި މުށިޖެހުން.
- އެގްޒޯސްޓް ފޭނެއް ހަރުކުރުން.
ވީމާ، މަތީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކައްދޫ މެޓްއޮފީހަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައްދޫ މެޓްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ބޭނުންނަމަ 6800731 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
14 ޖުމާދަލްއޫލާ 1436