ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ގޯއްޗާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުކުރުމާގުޅޭ:

ގޯތި ގޯއްޗާއި ، ގޯތި ގުޅިފައިވާ މަގުން ވިނަނޮޅައި ސާފުނުކޮށް ހުރުމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. މިގޮތުން މިއިދާރާއިން ބެލިބެލުމުން ވެސް ގިނަޢަދަދެއްގެ ގޯތި ތަކާއި، ގޯތި ގުޅިފައިވާ މަގުތަކުން ވިނަނޮޅައި ސާފުނުކޮށް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުންހިގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ހަމައެހެންމެ މަދުން ނަމަވެސް ނުރައްކާތެރި ޙާދިސާ ތަކާއި ކުރިމަތިލާންޖެހޭ ފަހަރުވެސް އާދެއެވެ.

ކޮންމެ މަގަކީވެސް ހުރިހާ އެންމެނަށް އަމާން ، އޮމާން އަދި އުދަގުލަކާއި ނުލައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ފަދަ ތަނަކަށް ވެފައި އޮތުމަކީ މުހިންމު ކަމެއްކަން ޔަގީނެވެ. ކަންމިހެން އޮތްއިރު ގޯތިތަކާއި ގުޅިފައިވާ މަގުތަކުން ކުނިކަހައި ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން ގޯތި ޙަވާލުކުރާއިރު ވެވޭ އެއްބަސްވުމުގައިވެސް ބަޔާންކޮށްފައި ވާނެއެވެ.  އެހެންކަމުން މަގުތަކުން ކުނިކަހައި ވިނަނޮޅާ ސާފު ކުރުމާއި، މަގުންހިގާ މީހުންނާއި ދުއްވާ ތަކެއްޗަށް އަދި މަގުބައްތިތަކަށް ދަތިވާ ގޮތަށް ހުންނަ ރުއްގަސްތައް ކޮށައި މަގުމަތި ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމަވެ. 

ވިމާ ގޯތި ގޯއްޗާއި ގޯތި ގުޅިފައިވާ މަގުތައް ރީތިކޮށް ވިނަނޮޅައި ސާފުކޮށް ބަލަހައްޓަމުން ގެންދިއުމަށް އިލްތިމާސް ކުރަމެވެ.

އަދި ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

22 އޮކްޓޫބަރު 2023
ހޯދާ