ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ގޯއްޗާއި މަގުތަކާއި ގުޅިގެން އޮންނަ ހުސްބިންތަކުގެ އެކިއެކި މަސައްކަތްތައްކުރުމާގުޅޭ:

    ގޯތި ގޯއްޗާއި މަގުތަކާއި ގުޅިގެން އޮންނަ ހުސްބިންކޮޅުތަކުގައި ޢިމާރާތްކޮށް ނުވަތަ އެކިއެކި ޖިފުޓިތައް ފަދަ ތަންތަން ހަދައިގެން ފިހާރަތަކާއި ގާޑިޔާތައް ހިންގުމާއި އެހެނިހެން މަސައްކަތްތައް ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ އިސްވެ ދެންނެވުނު ގޮތަށް ގޯތިން ބޭރުގައިކޮށްފައި ހުރި ޢިމާރާތްތަކާއި ޖިފުޓިތަކާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ބަހައްޓާފައި ހުރި ތަކެތިތައް މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭ (2023 ނޮވެމްބަރ 21 ވަނަ ދުވަހުގެ ކުރިން) ނެންގެވުންއެދެމެވެ. މިމުއްދަތުގެތެރޭ ނުނަންގަވާ ހުންނަ ތަންތަނާއި ތަކެތި ކައުންސިލްގެ ފަރާތުން ނަގާލުމުގެ މަސައްކަތް ކުރާނެ ވާހަކަ ވާހަކަ ދެންނެވީމެވެ. އަދި ކައުންސިލްގެ ފަރާތުން މިފަދަތަންތަން ނަގާލުމުގެ މަސައްކަތް ކުރެވޭއިރު ލިބިދާނެ ގެއްލުމަކަށް ކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް ދަންނަވެމެވެ.

މިހެންވެ މިކަން ޢާންމުކޮށް ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2023
ހޯދާ