ދިވެހިރާއްޖެ
ގދ. ފިޔޯރީ އިން ގިނަ އަދަދެއްގެ ދޮންވެލި ބަސްތާތައް ވިޔަފާރި އުސޫލުން ރަށުން ބޭރު ކުރާކަން މި އިދާރާއަށް ފާހަނގަ ވުމާއި ގުޅިގެން މި ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލްގެ ޖަލްސާއިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މި ހިންގާ 4 ވަނަ ދައުރުގެ ކައުންސިލްގެ 124 ވަނަ ޖަލްސާއިން ވަނީ، ރަށުން ބޭރުކުރާ ކޮންމެ ދޮންވެލި ބަސްތާއަކުން 1(އެއް)ރުފިޔާ، ނެގުމަށް ނިންމާފައެވެ. މި ނިންމުމާއި ގުޅިގެން، 2023 އޮކްޓޯބަރ 25 ވާ ބުދަ ދުވަހުން ފެށިގެން ރަށުން ދޮންވެލި ބޭރު ކުރުމަށް ބޭނުންވާ ފަރާތްތަކުން ދޮންވެލި ނެގުމަށް ބޭނުންވާ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ހުއްދަ ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ރަށުން ދޮންވެލި ބޭރުކުރެވޭނީ ރަށުން ބޭރު ކުރުމަށް ބޭނުންވާ ކޮންމެ ބަސްތާއަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
25 އޮކްޓޯބަރ 2023