ދިވެހިރާއްޖެ
ގދ. ފިޔޯރީ ޖެޓީ ސަރަޙައްދުގައި ތަރައްޤީ ކުރާ މޮނިއުމަންޓް، މިއިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރ (IUL)422-B1/422/2023/46 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން އިދާރާގެ އީމެއިލް އެޑްރެހަށް، (projects@fiyori.gov.mv) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި އީމެއިލް ކުރެވޭނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2 ނޮވެމްބަރ ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އީމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 5 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 9 ނޮވެމްބަރ ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
އިތުރު މަޢުލޫމާތު
- ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
- ފޯން: 4002625
- އީމެއިލް: projects@fiyori.gov.mv
10 ރަބީއުލްއާހިރަ 1445
25 އޮކްޓޯބަރ 2023