ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވަލޮޕަރސް

އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވަލޮޕަރސް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 އަހަރު ( 03 މަހުގެ ޕްރޮބޭޝަން އާއެކު) – މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އިތުރު ކުރެވޭނެ

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 15:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 17:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/18،000 ރުފިޔާ

ފެންވަރު/ޝަރުޠު

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވަލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް މަސައްކަތުގައި 3-5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އަމިއްލަ އިސްނެގުމާއެކު އެހެން މީހެއްގެ އެހީއާ ނުލައި ޕްރޮޑަކްޝަން ލެވެލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  • އަމިއްލައަށް ޕްރޮޖެކްޓް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
  • ރަނގަޅުގޮތުގައި މީހުންނާ މުޢާމަލާތްކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.   

(މިމަސަތްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ ޚިދުމަތަކަށް ރައްޔިތުންނަށް އޮންލައިންކޮށް އެދެވުމާއި އަދި ޚިދުމަތާ ގުޅިގެން ފައިސާ ދެއްކޭނެ ގޮތަށް ސިސްޓަމްތައް ތައްޔާރު ކުރުން.
  • އެ އިދާރާއަކުން އެއިދާރާއެއްގެ ޚިދުމަތަކާ ގުޅިގެން ހުށަހަޅައިފައިވާ ރިކުއެސްޓްތައް ޓްރެކްކޮށް، ބަލައި، ޕްރޮސެސްކޮށް އެރިކުއެސްޓްތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރެވޭނޭ ގޮތަށް ސިސްޓަމްތައް ޑިވެލޮޕް ކުރުން.
  • އަމިއްލަ އިސްނެގުމާއެކު ސޮފްޓްވެއަރ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްސް މެނޭޖް ކޮށް ޕްރިޖެކްޓް ގެ ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 16 މާރިޗު 2015 ވާ ހޯމަދުވަހުގެ  15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް (jobs@ncit.gov.mv) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ jobs@ncit.gov.mv  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334  (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: jobs@ncit.gov.mv

ވެބްސައިޓް: www.ncit.gov.mv

                                  ‏14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ