އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ކާސްޓިންގ ޔާރޑްގައި ލޭބަރ ކުއާޓާރއެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ކާސްޓިންގ ޔާރޑްގައި ލޭބަރ ކުއާޓާރއެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2023 އޮކްޓޯބަރު 29 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2023 ނޮވެންބަރު 02 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ finance@adducity.gov.mv އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 އޮކްޓޯބަރު 29 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 07 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 ނޮވެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 2023 ނޮވެންބަރު 07 ވާ އަންގާރަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
- މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 8000.00ރ (އަށް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 ނޮވެންބަރު 14 ވާ އަންގާރަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
އީމެއިލް: tender@adducity.gov.mv
14 ރަބީޢުލްއާޚިރް 1445
29 އޮކްޓޯބަރ 2023
29 އޮކްޓޫބަރު 2023
ހޯދާ