ދިވެހިރާއްޖެ
ކައުންސިލްގެ ޖީ-ޕޮން ނެޓްވޯރކާއި ކޭބަލް ޓީ.ވީ ސާވިސް ކުއްޔަށް ދޫކުރުން
މި ކައުންސިލްގެ ޖީ-ޕޮން ނެޓްވޯކާއި ކޭބަލް ޓީ.ވީ ސާވިސް 5 (ފަހެއް) އަހަރު ގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއްޖެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ hirilandhoo.council@gmail.com މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/500ރ އެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލުގައި އެވަނީއެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީ-ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
07 ނޮވެމްބަރ 2023 |
އަންގާރަ |
13:00 |
ބިޑް ހުށަހެޅުން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
08 ނޮވެމްބަރ 2023 |
ބުދަ |
11:00 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.