ދިވެހިރާއްޖެ
ތިރީގައި ބަޔާންކޮށްފައިވާ ބޮންޑެޑްވެއަރހައުސްތަކަކީ އެ ބޮންޑެޑްވެއަރހައުސްތަކުގައި ހުރި މުދަލާމެދު ގޮތެއް ނިންމުމަށާއި، މި ސަރވިސްއަށް ދައްކަންޖެހި ނުދައްކާހުރި ފައިސާ ދެއްކުމަށާއި، ރަޖިސްޓްރީ ބާޠިލްކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މި ސަރވިސްއިން މުޢާމަލާތުކުރުމަށް ބޭނުންވެ، މުޢާމަލާތު ކުރެވިފައިނުވާ ފަރާތްތަކެކެވެ. އެހެންކަމުން ބުނެވިދިޔަ ބޮންޑެޑްވެއަރހައުސްތަކާއި އެ ބޮންޑެޑްވެއަރހައުސްތަކުގައި ހުރި މުދަލާމެދު ޢަމަލުކުރުމަށް ބޭނުންވާގޮތެއް 16 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ސަރވިސްއަށް އެންގެވުމަށް ދަންނަވަމެވެ. އަދި ބުނެވިދިޔަ ބޮންޑެޑްވެއަރހައުސްތަކާއި އެ ބޮންޑެޑްވެއަރހައުސްތަކުގައި ހުރި މުދަލާމެދު ޢަމަލުކުރުމަށް ބޭނުންވާގޮތެއް ބުނެވިދިޔަ ތާރީޚްގެކުރިން މި ސަރވިސްއަށް އަންގާފައިނުވާނަމަ، ބުނެވިދިޔަ ބޮންޑެޑްވެއަރހައުސްތަކާއި އެ ބޮންޑެޑްވެއަރހައުސްތަކުގައި ހުރި މުދަލާމެދު ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އެކިއުޓް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް
ސީފިންސް ޕްރައިވެޓް ލިމިޓެޑް
ކްރިސްޓަލް އެޖް ޕްރައިވެޓް ލިމިޓެޑް
މޯލްޓްސް އެންޑް ހޯޕްސް ޕްރައިވެޓް ލިމިޓެޑް
އައިވީ މޯލްޑިވްސް
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ މެއިލް (bond_documentation@customs.gov.mv) އަދި ނަންބަރު 7913035 ފޯނަށް ގުޅުއްވުން އެދެމެވެ.