މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމަށް

އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ކޮލިޓީ އެޝިއުރެންސް ޑިޕާޓްމަންޓް ހިންގުމަށް ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ 2000 އަކަފޫޓުގެ އިމާރާތެއް 05 އަހަރަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

  • މަދުވެގެން 4 ފާޚާނާހުރުން
  • ގްރައުންޑް ފްލޯއަށްވުރެ މަތިވާނަމަ ލިފްޓު ހުރުން
  • ފަންކާ ނުވަތަ އޭސީ ހަރުކޮށްފައިވުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް

15 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ، 3341436 ނަންބަރު ފޯނާއެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ