ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

  1. މި ޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 02 އަހަރު ދުވަހުގެ މުއްދަތަށް ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، 2023 ނޮވެންބަރު 05 ން 2023 ނޮވެންބަރު 09 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު" (ލިންކު:https://forms.gle/DFKVLXcVTZBW63Cb6 ) މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެންބަރު 13 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މި ޑިޕާޓްމަންޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2023 ނޮވެންބަރު 15 ވާ ބުދަ ދުވަހުގެ 10:00 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 02 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ތަފްސީލު ޝީޓު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު mohamed.areej@dpe.edu.mv މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން:  4003966 / 7533006 އިން ލިބިވަޑައިގަންނަވާނެއެވެ.

                                             21 ރަބީޢުލްއާޚިރު 1445

                                             05 ނޮވެންބަރު 2023

 

05 ނޮވެންބަރު 2023
ހޯދާ