ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

   ފުވައްމުލަކު ދިގުވާނޑު ބާށާޑު ގޯޅި އާއި އިންވެގެން ބާށާޑު ގޯތީގެ ދެކުނުން އޮތް ހުސްބިމުގައި ހުރި ނަންބަރ 1 ޖަހަފައިވާ ރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

   ވީމާ، މިރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2023 ނޮވެމްބަރ 07 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރުއް ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީ އާއި އެކު މި އިދާރާގެ ރުއްގަހުގެ ވެރިފަރާތުން ހުށަހަޅާ ފޯމް ފުރުއްވައި ކައުންސިލް އިދާރާގެ ލޭންޑް މެނޭޖްމެންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

02 ނޮވެންބަރު 2023
ހޯދާ