ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލުގެ އާ ވެބްސައިޓްއާ ގުޅުވައިލެވިގެން ރައްޔިތުންނަށް އޮންލައިކޮށް ޚިދުމަތް ދިނުމަށް ސަރވިސް ޕޯޓަލެއް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި މިކައުންސިލުގެ ނަންބަރު (IUL)247-CA/247/2023/128 އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެނައުމަށްޓަކައި އެ އިޢުލާން ބާތިލްކޮށް، އެ ބަދަލުތަކާއެކު ކައުންސިލް އިދާރާއަށް ބޭނުންވާ ސާވިސް ޕޯޓަލް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާންކުރީމެވެ.
ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސަރވިސް ޕޯޓަލް ހަދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑް ރަޖިސްޓްރީ ކުރައްވާ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރެޖިސްޓްރީވެލެއްވުމަށް އިޢުލާންގެ ނަންބަރު، ރަޖިސްޓްރީ ކޮށްފައިވާ ނަން، ރަޖިސްޓްރީ ނަންބަރު، މަސްޢޫލްވެރިވާ ފަރާތުގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔުއްވާ procurement@hoarafushi.gov.mv އަށް ދީފައިވާ ސުންގަޑީގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓްތައް އީމެއިލް ކުރެވޭނެއެވެ.
ޙަރަކާތް |
ސުންގަޑި |
||
ބިޑް ރަޖިސްޓްރީކުރުން |
15 ނޮވެންބަރު 2023 |
ބުދަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
21 ނޮވެންބަރު 2023 |
އަންގާރަ |
13:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012 / 6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަބީޢުލްއާޚިރް 1445