މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފައުންޑޭޝަން ބްލޮކް ޢިމާރާތް މަރާމާތުކުރުން
މ. އަތޮޅު ތަޢުލީމީ މަރުކަޒު
މ. މުލި / ދިވެހިރާއްޖެ
އިޢުލާނު ނަންބަރ: (IUL)GS-23/PRIV/2023/38
ޕްރޮޖެކްޓް ނަންބަރ: GS-23-2023-G-002
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
މިމަރުކަޒުގެ ފައުންޑޭޝަން ބްލޮކް ޢިމާރާތް މަރާމާތުކުރުން
- މިމަރުކަޒުގެ ފައުންޑޭޝަން ބްލޮކް ( އެލް ކޭ ޖީ ޔޫ ކޭ ޖީ ) ކުލާސްތަށް ހިމެނޭ ޢިމާރާތުގެ މަރާމާތުތަކެއް ކުރުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެމަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ކުރުމަށް ބޭނުންވާ މަރާމާތުތަކުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ނޮވެމްބަރ 12 ން 2023 ނޮވެމްބަރ 15 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ އީމެއިލް:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 16 ވަނަ ދުވަހުގެ 14:00 ގެކުރިން މި މަރުކަޒަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރ 19 ވަނަ ދުވަހުގެ 11:00 ގައިމ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ. އަތޮޅު ތަޢުލީމީ މަރުކަޒު
މ. މުލި / ދިވެހިރާއްޖެ
ފޯން: 7952901
އީ-މެއިލް: admin@maec.edu.mv
12 ނޮވެންބަރު 2023
ހޯދާ