ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން

    ފުވައްމުލަކު ދޫނޑިގަން ހީނާޑިގެ ގޯތީގެ ހުޅަގު ފަރާތު ހުސްބިމުގައި 01 ން 11 އަށް ނަންބަރު ޖަހާފައިވާ ބަބުކެޔޮގަސްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

    ވީމާ، މިގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2023 ނޮވެންބަރު 19 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަހެއްކަން އެނގޭނެ ލިއުމަކާއި އެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

15 ނޮވެންބަރު 2023
ހޯދާ