ދިވެހިރާއްޖެ
c
–
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2023/15
އިޢުލާން
ދ.ރިނބުދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާގުޅޭ.
ދ.ރިނބުދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން:
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ދ.ރިނބުދޫ ކައުންސިލް އިދާރާގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މައުލޫމަތު ދިނުމުގެ ބައްދަލުވުން:
މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 22 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 12:45 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން :
މިމަސައްކަތުގެ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުން '' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ info@rinbudhoo.gov.mv އަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޖުމާދަލްއާޚިރާ 1445
15 ނޮވެމްބަރ 2023