ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2024 ވަނައަހަރު ރަތްމަންދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓާދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19ނޮވެމްބަރ 2023 އިން 27 ނޮވެމްބަރ 2023 ގެ ނިޔަލަށް ތިރީގައިވާ ލިންކު/އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކުhttps://forms.gle/nq8kffDpfXmJFxaL9
2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
3. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ.
4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރަތްމަންދޫ ސްކޫލް/މ.ރަތްމަންދޫ
ފޯނުނަންބަރު 7952905
އީމެއިލް: admin@raiymandhooschool.edu.mv