ދިވެހިރާއްޖެ
އިންޖީނުގޭގެ ދެކުނުން ސޯލާޖެހުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބިމަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ފެހިކުލައިން ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރީންހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)388-PRO/388/2023/88، (IUL)388-PRO/388/2023/92 އަދި (IUL)388-PRO/388/2023/95 އިޢުލާނާއިގުޅިގެން މައުލޫމާތު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ. މިއިޢުލާނާއި އެކު އާއްމުކުރެވިފައިވާ ފެނަކަ ސޯލާބިމަށް އިތުރުކުރާ ސަރަހައްދުގައިވާ ރުއްގަހުގެ ލިސްޓަށް ޝަކުވާހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، އާއްމު ކުރެވިފައިވާ ލިސްޓާއިގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ 26 ނޮވެމްބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 7980047 ފޯނާގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.