ދިވެހިރާއްޖެ
ގދ.ފިޔޯރީގައި ކުރިއަށްދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެން މީޓަރު ހަރުކުރުމަށް ހަމަޖެހިފައިވާ ތަންތަނުގައި މީޓަރު ހަރުކުރެވޭނީ (3 ފޫޓް އުސް، 2 ފޫޓް ފުޅާ) ސިމެންތިޖަހާފައިވާ ފާރެއްގައިކަމަށް މި މަސައްކަތާއި ޙަވާލުވެފައިވާ ކޮންޓްރެކްޓަރ ވަނީ މައުލޫމާތް ދީފައެވެ. މިގޮތަށް ފާރު ހުރި ގެތަކުގައި ވަނީ މީޓަރު ހަރުކުރެވިފައެވެ. ނަމަވެސް ފެން މީޓަރު ލުމަށްއެދިފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގޭތަކުގައި މަތީގައި ދެންނެވިފައިވާގޮތަށް ސިމެންތި ޖެހިފައިވާ ފާރެއް ނެތުމުގެ ސަބަބުން މީޓަރު ހަރުނުކުރެވި މަސައްކަތް ލަސްވަމުންދާތީ އެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް މީޓަރު ހަރުކުރެވޭނެ އިންތިޒާމް ހަމަނުޖެހިވާ ހުރިހާ ގެތަކުން 13 ޑިސެމްބަރ 2023 ވާ ދުވަހުގެ ކުރިން އިންތިޒާމް ހަމަޖެއްސެވުމަށް ފަހު މި އިދާރާއަށް އަންގަވާ ދެއްވުން އެދި ދެންނެވީމެވެ. މި އިޢުލާނާއެކު މީޓަރު ހަރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ގެތަކުގެ ލިސްޓްއެއްކަރުދާސް ކުރެވިފައިވާނއެވެ.
މި މުއްދަތުގެ ތެރޭގައި އިންތިޒާމް ހަމަނުޖެއްސުމުގެ ސަބަބުން މީޓަރު ހަރުނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ ކައުންސިލް އަދި ކޮންޓްރެކްޓަރއަށް ނެގެން ނޯންނާނެ ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
10 ޖުމާދަލްޢޫލާ 1445
29 ނޮވެމްބަރ 2023