ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 114 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 114 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
22 ނޮވެމްބަރު 2023 |
ބައްދަލުވުން ބޭއްވި ގަޑި: |
10:00 |
ނިންމުންތައް
- ހިރިލަންދޫ ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ޓީމްގެ ބަޖެޓްގެ 20000 ވިހިހާސް ރުފިޔާ ކަނޑައެޅުމަށާއި، މުބާރާތުގެ މެނޭޖްމަންޓް ނެގުމަށް އިޢުލާނުކުރުމަށާއި މުބާރާތާއިގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ޖަމިއްޔާތަކާއި ގުޅިގެން ކައުންސިލްގެ ބެލުމުގެދަށުން ކުރިޔައްގެންދިއުމަށް ނިންމުނު.
- ފިނިމައިޒާނެއް ހެދުމަށް ބިމަކަށް އެދިފައިވާ މައްސަލައިގައި ކައުންސިލުން ބެލުމަށްފަހު އެކަށޭނަ ސަރަހައްދަކުން ބިންދޫކުރުމަށް ނިންމުނު.
- އަންހެނުންގެ ހިއްވަރު މަރާމާތު އެއްބަސްވުން އެކުލަވާލެވިފައިވާ ގޮތާއިމެދު މަޝްވަރާކޮށް ގޮތެއްނިންމުމުގެ މައްސަލައަކީ ކައުންސިލްގެ 2 މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭކަމެއްކަމުން މައްސަލަ ކުރިޔައްއޮތް ކައުންސިލްގެ ބައްދަލުވުމަށް ފަސްކުރުމަށް ނިންމުނު.
- 2024 ވަނަ އަހަރު ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތު ޗާޓަށް ގެނެވުނު އިސްލާޙްތަކާއިއެކު މުޅި އިޖުތިމާއީ ސަރަހައްދުތައް އެއްކޮށް މަހަކަށް 16000 ރުފިޔާގެ ބަޖެޓަކުން ކުރުމަށް، އަދި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާނުކުރުމަށް ނިންމުނު.
- އެދިފައިވާގޮތައް ކައުންސިލްގެ ރައީސްގެ ޗުއްޓީ ހަމަޖެހިފައިނުވަނީ ކައުންސިލަރުންގެ ޗުއްޓީ ތާވަލާއި އެއްގޮތައް ހުށަހެޅިފައިނުވާތީ ކަމުގައި ނިންމުނު..
22 ނޮވެންބަރު 2023
ހޯދާ