ދިވެހިރާއްޖެ
އިޢުލާނު
ނަންބަރު: GS55/IUL/2023/19
ކިނބިދޫ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދުން
މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް 3 އަހަރު ދުވަހަށް ވިޔަފާރި އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.
ރެޖިސްޓްރޭޝަން ލިންކު: https://forms.gle/fGcJFmjSRnn2N8h89
ތާރީޚް |
ތަފްޞީލް |
ގަޑި |
ތަން |
6 ޑިސެންބަރު 2023 ން 12 ޑިސެންބަރު 2023 |
ބިޑުގައި ރެޖިސްޓްރީވުން |
09:00 – 13:00 |
ކިނބިދޫ ސްކޫލް / މަތީގައިވާ ލިންކު މެދުވެރިކޮށް |
14 ޑިސެންބަރު 2023 |
މަޢުލޫމާތު ސާފުކުރުން |
11:00 ގައި |
ކިނބިދޫ ސްކޫލް |
21 ޑިސެންބަރު 2023 |
އަންދާސީ ހިސާބު ހުށަހެޅުން |
12:00 ގެ ކުރިން |
ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ނަން ނޯޓު ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓު ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި އަންނަ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.
މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު މި ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6780095
އީ-މެ އިލް: admin@kinbidhooschool.edu.mv
21 ޖުމާދަލްއޫލާ 1445
05 ޑިސެންބަރު 2023