މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

 

           ވިޔަފާރީގެ އުޞޫލުން 1 ޖަނަވަރީ 2024 ން 31ޑިސެންބަރު 2024 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

މީޓިންގ ހަމަޖެހިފައިވާ ގޮތް

ތާރީޚް

ގަޑި

ނަން ނޯޓު ކުރުން

07 - 12 ޑިސެންބަރު 2023 އަށް

ހެނދުނު 9:00 – 13:30 ށް

މައުލޫމާތު ސާފްކުރުން

13 ޑިސެންބަރު 2023

ހެނދުނު 11:00

އަންދާސީ ހިސާބު ހުށަހެޅުން

17 ޑިސެންބަރު 2023

ހެނދުނު 11:00

 

       މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މިފަދަމަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ޤަވާއިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު /7983090 އާއި ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        06 ޑިސެންބަރު 2023

06 ޑިސެންބަރު 2023
ހޯދާ