ދިވެހިރާއްޖެ
ހިންމަފުށީ ސްކޫލު
ކ.ހިންމަފުށި، ދިވެހިރާއްޖެ
ނަންބަރު:GS141/IUL/2023/16
މި ސްކޫލުގެ ކަރަންޓު ވަޔަރިންގ ރަނގަޅުކޮށް އައު ވަޔަރިންގ އެއް އަޅައިދޭނެ ފަރާތެއް ބޭނުންވެއެވެ.
މި ސްކޫލުގެ ކަރަންޓު ވަޔަރިންގ ރަނގަޅުކޮށް އައު ވަޔަރިންގ އެއް އަޅައިދޭނެ ފަރާތެއް ބޭނުންވެއެވެ.
މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 ޑިސެންބަރު 2023 ދުވަހުގެ 12:00 ގެ ކުރިން މި ސްކޫލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުން އެކަންޏެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/UibfhNJzyRVzc3p87
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެންބަރު 2023 ދުވަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަންދާސީ ހިސާބާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޑިސެންބަރު 2023
23 ޖުމާދުލް އޫލާ 1445