ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1-     މަޤާމުގެ ނަމާއި ރޭންކާއި ކުލެސިފިކޭޝަން:

މަޤާމުގެ ނަން:

މަސައްކަތު

ރޭންކް:

އެސް. އެސް. 1

ކުލެސިފިކޭޝަން:

ސަޕޯޓް ސުޓާފް ގްރޭޑް 1

ވަޒީފާގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

2-     މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލެވަންސް:

1,000.00 ރުފިޔާ

އެހެނިހެން އެލަވަންސްތައް: ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.

3-     މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމު އޮތް އޮފީސް / އިދާރާ:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ

ސެކްޝަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ

4-     މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:

  • އިދާރާގެ އެތެރެއާއި ބޭރާއި، އިދާރާގެ ގޯތިތެރެއާއި ފާޚާނާތަކާއި އެންމެހައި ތަންތަން  ކުނިކަހައި، ފޮޅައި ސާފުކުރުން.
  • ބިންގަނޑު ތެމޭވަރަށް ކޮންމެ ދުވަހަކު އެއްފަހަރު ގަސްތަކަށް ފެންދިނުން.
  • އިދާރާއަށް ހާޒިރުކުރަންޖެހޭ މީހުންނަށް ކިޔުމާއި، އިދާރާއިން އެކި ފަރާތްފަރާތާ ހަވާލުކުރަންޖެހޭ ލިޔުންތައް ހަވާލުކުރުން.
  • އިދާރާއިން ރައްޔިތުންނަށް ގޮވަންޖެހޭ ގޮވުންތައް ގޮވުމާއި، އެކި ފަރާތަކަށް ގޮވަންޖެހޭ ގޮވުންތައް ގޮވުން. 
  • އިދާރާގެ ޒިންމާދާރުވެރިޔާއާއި ކައުންސިލަރުން އަންގަވާ، އިދާރާއާއި މަސައްކަތު މީހުންގެ ވަޒީފާއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުމަށް ފުރިހަމައަށް އެއްބާރުލުން ދިނުން.
  • މަސައްކަތު މީހާ ޗުއްޓީގައި ހުންނަ ދުވަސްވަރު ނުވަތަ ސަލާމުގައި ހުންނަ ދުވަސްދުވަހު އެމީހާގެ މަސައްކަތް ކުރުން.
  • އަތޮޅުކައުންސިލް ނުވަތަ އެނޫންވެސް ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ އިދާރާއާ ގުޅުންހުރި ބޭނުންތަކަށް ވަޑައިގަންނަވާ ފަރާތަކަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސުޕަވައިޒަރު އަންގަވާ ގޮތެއްގެ މަތިން އެހީތެރިވެ އެއްބާރުލުން ދިނުން.

5-     މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

6-     ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 އޭޕްރީލް 2013 ގައިވާ '' ސަޕޯޓް ސަރވިސް މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކުރައިޓީރިއާ ( އެސް.އެސް. 1 އިން އެސް. އެސް. 5 އަށް ) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ދެވޭނެ އެންމެ މަތީ މާކްސް

ކަނޑައެޅިފައިވާ އިންސައްތަ

ވަޒީފާގެ ޝަރުޠު

ވަޒީފާގެ ޝަރުޠު ފުރިހަމަވުން

25

12

25

12

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމް

25

12

55

26

ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު ތަމްރީން

30

14

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ މަސައްކަތު ތަޖުރިބާ

20

9.5

30

14

އެހެނިހެން މަސައްކަތު ތަޖުރިބާ

10

4.5

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

48

100

48

ޖުމްލަ

210

100

210

100

ނޯޓް: މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތް، %50  (ފަންސާސް އިންސައްތް) އަށްވުރެ މަތިވާންޖެހޭނެއެވެ.

7-     މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި، އިންޓަވިއު އޮންނާނެ ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވަނީ، 1 އެޕްރީލް 2015 ން 30 އެޕްރީލް 2015 ގެ ނިޔަލަށް، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރު ކުރިން ލިޔުމަކުން އެންގޭނެއެވެ.

8-     މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މާރިޗު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަށްޖެހޭ ލިޔުންތައް، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަޑި ހަމަވުމުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއްވެސް، ލިޔުމެއްވެސް ބަލައެއް ނުގަނެވޭނެއެވެ.

9-     ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން (www.csc.gov.mvން) ނެވެ.

2. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6. ވަޒާފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓް: މާވަށު ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަކުން މި މަޤާމަށް ކުރިމަތިލާނަމަ، 2،3 ގައިވާ ތަކެތި ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

10- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީގޮތް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800718 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6800718 އެވެ.  އީ މެއިލް ކުރާނީ maavahcouncil@gmail.com އަށެވެ.

26 ޖަމާދަލްއޫލާ 1436  

17 މާރިޗު 2015
ހޯދާ