ދިވެހިރާއްޖެ
އިޢުލާން
ރަންވެލި އިމާރާތް ޑިޒައިންކުރުމާއި ގުޅޭ
މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތައް ނ.ވެލިދޫ ރަންވެލި ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ 5 (ފަހެއް) ފަންގިފިލާގެ އިމާރާތުގެ ބީ.އޯ.ކިއު ، ސާވިސްޗަރޓާރ އަދި އިންޓީރިއާ ޑިޒައިން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަހު އަދި ގަޑީގައި މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
އަންދާސީހިސާބު ހުށަހެޅުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
ބުދަ |
27 ޑިސެމްބަރު 2023 |
13:00 |
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ބީލަމާއިގުޅޭ މައުލޫމާތު ޝީޓް މި އިޢުލާންއާއި އެކު އާންމުކުރެވިފައިވާނެއެވެ.