މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ސްކޫލުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް

މި ސްކޫލުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ!

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • ސްކޫލުގެ ހޯލު އިމާރާތުގެ ސީލިން ފަންކާ ބަދަލުކުރުމުގެ މަސައްކަތް
  • ދަރިވަރުން ބޭނުންކުރާ ފާޚާނާގެ މަރާމާތުގެ މަސައްކަތް
  • ސްކޫލުގެ ދެފަރާތުގެ ގޭޓް ތަޅުން މަރާމާތު ކުރުމުގެ މަސައްކަތް
  • ސްކޫލުގެ ވަށައި ފާރުގައި ކުލަ ލުމުގެ މަސައްކަތް

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސްކޫލުގެ 7983090 ފޯނަށް ގުޅައިގެން ނުވަތަ admin@madavelischool.edu.mv  އަށް މެއިލްކޮށްގެން މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި މައުލޫމާތު ބައްދަލުވުމަށް  ހާޟިރުނުވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ރަޖިސްޓްރީ ކުރުމުގެ މުއްދަތު

24-25 ޑިސެންބަރު 2023 (އާދީއްތަ) ދުވަހުގެ ހެނދުނު 10:00 އަށް

މަޢުލޫމާތު ސެޝަން

26 ޑިސެންބަރު 2023 (އަންގާރަ) ދުވަހުގެ ހެނދުނު 10:00 ގައި

އަގުފޯމް ހުށަހެޅުމާއި އަގު އިޢުލާން ކުރުން

28 ޑިސެންބަރު 2023 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި

މި، އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތަށް ކޮލިފައިވާ ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2023
ހޯދާ