ދިވެހިރާއްޖެ
އިޢުލާން |
|||
ވަޒީފާގެ ފުރުޞަތު: |
|||
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމް |
||
އެލް. އެސް. 2 |
މަޤާމުގެ ރޭންކް |
||
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމުގެ ކްލެސިފިކޭޝަން |
||
1 (އެކެއް) |
ބޭނުންވާ އަދަދު |
||
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓްކޯޓް / ދ. ކުޑަހުވަދޫ |
މަސައްކަތް ކުރަންޖެހޭ ތަން |
||
-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ) |
މުސާރަ |
||
-/3000 ރުފިޔާ (ތިންހާސް ރުފިޔާ) |
ސަރވިސް އެލަވަންސް |
||
މި ކޯޓަށް ކަނޑައެޅިފައިވާ ޖުޑީޝަލް އެލަވަންސްގެ އިތުރުން، މުސާރައިގެ % 15 |
ޖުޑީޝަލް އެލަވަންސް |
||
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ. |
އިތުރުގަޑީގެ ފައިސާ |
||
-/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
ލިވިންގ އެލަވަންސް |
||
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
އަސާސީ ޝަރުޠު |
||
- ޝަރުޢީ ސެކްޝަނުގެ މަސައްކަތްތައް ރާވައި އިންތިޒާމްކޮށް، ސެކްޝަނުގައި ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް އިސްވެކުރުން. - ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ކެޗްކުރުން. - ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމާ ގުޅޭ އިދާރީ މަސައްކަތްތައް، ސެކްޝަނުގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން ކުރުން. - ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން. - އެކިއެކި ކޯޓުތަކުން ބަޔާންނެގުމަށާއި، މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން. - ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގައި ސެކްޝަނުގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން އެ މަސައްކަތް ކުރުން. - ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާއިދުން ދޫކުރުން. - ޝަރީޢަތާބެހޭ ބަޔާންތައް ނަގައި، ބަޔާންތައް ތައްޔާރުކުރުން. - މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން. - ދާއިރާގެ ޝަރުޢީ ރިޕޯޓުތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނވުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު |
||
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. - ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު، ނުވަތަ ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއި، ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ކޯހެއްކަމުގެ ރަސްމީ ލިޔުމެއް) - ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި |
||
2015 އެޕްރީލް 6 ވަނަ ދުވަހުގެ 15:00 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން. |
ސުންގަޑި |
||
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، އިޢުލާނުގައި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމް ބާޠިލުވާނެއެވެ. - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6760503 ނަންބަރު ފޯނަށް ނުވަތަ 6760509 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6760650 އެވެ. އީމެއިލް އެޑްރެހަކީ dh.kudahuvadhoo@judiciary.gov.mv އެވެ. |
އިތުރު މަޢުލޫމާތު |
||
6 ޖުމާދަލްއާޚިރާ 1436 |