މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް

ގުދަނެއް ކުއްޔަށް ހިފުމާބެހޭ

ވިލިނގިލި/ހުޅުމާލެ/މާލެ މިތިންތަނުން ކުރެ ތަނަކުން ތަނެއް ގްރައުންޑް ފްލޯރއިން ގުދަނަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، ގުދަނަކަށް ބޭނުން ކުރެވިދާނެ ތަނެއް ބޮޑުމިނާއެކު، ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 02 އެޕްރީލް 2015ވާ ބުރާސްފަތި ދުވަހުގެ 16:00 ގެކުރިން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މި ކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ ޕޯސްޓް ބިލްޑިންގ 3 ވަނަ ފަންގިފިލާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި "ގުދަނެއް ކުއްޔަށް ދިނުމަށް" މިހެން ޖައްސަވަން ވާނެއެވެ.

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާ ބެހޭ ތަފުސީލު

  • އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (އަކަފޫޓް)
  • އިމާރާތަކީ ގުދަނެއް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ކުއްޔަށް ދޭ ގުދަން މަގުމައްޗަށް ވަކިން ވަދެވޭ ގޮތަށް ހުރުން
  • އިމާރާތުގެ ރަޖިސްޓަރީ ކޮޕީ ހުށަހެޅުން
  • އިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • އިމާރާތުގެ ކުލި
  • އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މުއްދަތު (05 އަހަރަށް) ވުރެ ކުރުނޫން މުއްދަތަކަށް

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން.
  • އިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
  • ކުއްޔަށް ދޭ ތަނަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ ތަނެއް ކަމުގައި ވުން

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި އިމާރާތުގެ ވެރިފަރާތްކަން، ތަނުގެ ބޮޑުމިން އިނގޭނެ ކުރެހުމެއް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު: %40
  •  ސެކިއުރިޓީ ގޮތުން ވަރުގަދަ އިމާރާތެއްނަމަ:

06 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ