ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ޖެނުއަރީ 04 ން ޑިސެމްބަރ 31 ގެ ނިޔަލަށް، ދ.ހުޅުދެލީ އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 03 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ނަންނޯޓުކުރެއްވުން އެދެމެވެ. ނަންނޯޓުކުރުމަށް ވަޑައިގަންނަވާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށް އައިޑީކާޑް ހިފައިގެން ވެރިފަރާތުންނެވެ. ބަދަލުގައި ނަންނޯޓުކުރުމަށް ޙާޟިރުވާންވާނީ ވެރިފަރާތުގެ އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ހިފައިގެން އަދި ބަދަލުގައި ނަންނޯޓުކުރުމަށް އަންނަ ފަރާތުގެ އައިޑީކާޑާއި ޕަވަރއޮފް އެޓާރނީ ހިއްޕަވައިގެންނެވެ.
ނަންނޯޓުކުރުން:
- ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 ން 14:00 އަށް
- 29 ޑިސެމްބަރ 2023 ( ހުކުރު ) ދުވަހު 14:30 ން 16:00 އަށް.
- 30 ޑިސެމްބަރ 2023 ( ހޮނިހިރު ) ދުވަހު ހެނދުނު 09:30 ން 12:00 އަށް އަދި 14:00 ން 16:00 އަށް
އިޢުލާނާއިއެކު މިމަސައްކަތާއި ގުޅޭ މަޢޫލޫމާތު ކަރުދާސް ހިމެނިފައިވާނެ އެވެ. މަޢުލޫމާތު ކަރުދާހާއި ގުޅޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން (7930308) އަށް ގުޅުއްވުން އެދެމެވެ. ނަންނޯޓު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ނަންނޯޓުކުރުމާއި ބައިވެރިވުމުގެ ފުރުޞަތު 2024 ވަނަ އަހަރަށް ބަންދުވީކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.