އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ކަންފަހި ކްރެޑިޓް ސްކީމަށް ބޭނުންވާ 8 ފަހާފޮށި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި ކޮމެޓީގެ ކަންފަހި ކްރެޑިޓް ސްކީމަށް ދޫކުރުމަށް ބޭނުންވާ 8 ފަހާފޮށި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް އަނދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 07 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްއިން މިއިދާރާގެ އީމެއިލްwdc@mathiveri.gov.mv މެދުވެރިކޮށް ބީލަމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.
- ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކީވާނީ ޢާންމު ކުރެވިފައެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަމާއި ގުޅޭގޮތުން ވަކި ޙާއްސަ ޕްރީބިޑް މީޓިންގ އެއް ނޯނާނެއެވެ.
- މި ބީލަމާގުޅޭ އެންމެހާ މަޢުލޫމާތު ކަރުދާސްތައްވާނީ މި އިޢުލާނާއެކު ޢާންމުކުރެވިފައެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ wdc@mathiveri.gov.mv އީމެއިލަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
18 ޖުމާދަލްއާޚިރު 1445
31 ޑިސެންބަރު 2023