މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1. މިލަންދޫ ތިރީގައިމިވާ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު
- މިލަންދޫ ތިރީގައިމިވާ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ހ. ސަހަރާގެ ގޭޓުން ހުޅަނގަށްވާ ސަރަހައްދު
ށ. މާކޯ ސްޓޭޑިއަމް ސަރަހައްދު 2
ނ. ވިނަ ދަނޑު ސަރަހައްދު 3
- ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
- މިމަސައްކަތަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 2024 ޖަނަވަރީ 04 ވަނަ ދުވަހު 11:00ގައި މިއިދާރާގެ މީޓިންގ ހޯލުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
- ކޯޓޭޝަން ހުށައެޅުން އޮންނާނީ 2024 ޖަނަވަރީ 09ވާ އަންގާރަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
- ކޯޓޭޝަން ހުށަހަޅާ ފޯމެޓް، މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް esms@milandhoo.gov.mv އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.
02 ޖަނަވަރީ 2024
ހޯދާ