ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޕްރޮގްރާމެއް މި ހިނގާ ޖަނަވަރީމަހު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ކެންދޫ ދާއިރާގެ ހުރިހައި ރަށްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ފަރާތުގެ ނަމާއި އެޑްރެސް، މޯބައިލް ނަންބަރު، ނެގުމަށް ބޭނުންވާ ލައިސަންސް ކެޓެގަރީ ނަންބަރު A ނުވަތަ B ނުވަތަ C ހިމެނުމަށްފަހު 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ މެއިލަށް info@kendhoo.gov.mv އަށް ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 9711825 ނަންބަރަށް ފޮނުވައިދެއްވުން އެދެމެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ނަންބަރު 6600004 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.