ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

  J-339180

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލައް ސިޓީ ކައުންސިލް / ޏ.ފުވައްމުލައް

މުސާރަ:

މަހަކު 5610.00 (ފަސް ހާސް ހަސަތޭކަ ދިހަ) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000 (ދެހާސް) ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

 

 

 

- ސަޕޯޓިން ކޯ އެލަވަންސް: މަހަކު 700 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ 35%

- ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.   
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.  
  • ކައުންސިލް އިދާރާގެ އިންވެންޓްރީ އަށް ނަގަންޖެހޭ ތަކެތިނަގާ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ކޮންމެ 3 މަހުން އެއްފަހަރު އިންވެންޓްރީގެ އަޕްޑޭޓް ކޮޕީ އެއް ޕްރިންޓްކޮށް ފައިލް ކުރުން.   
  • ސިޓީކައުންސިލްގެ ޚިދުމަތް ހޯއްދެވުމަށް ގުޅުއްވަފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދަރިވުމާއި، މޭޔަރ،ޑެޕިއުޓީ މޭޔަރ އަދި ކައުންސިލްރ އަށް އެޕޮއިންޓްމަންޓް ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖެއްސުމުގެ އިންތިޒާމް އެޑްމިން ޔުނިޓްގެ ކަމާއި ގުޅޭފަރާތާ ގުޅިގެން ހަމަޖެއްސުން.  
  • ސިޓީ ކައުންސިލްގެ  ޚިދުމަތް ހޯދުމަށާއި އެކި ބޭނުންތަކަށް އަންނަ މީހުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކުމުގާ ނުވަތަ އެހީތެރިވުމުގާ މަޑުމައިތިރިކަމާއި  އިޙުތިރާމާއެކު ރީތި ބަހުން ވާހަކަ ދެއްކުމާއި މީހަކު ނުރުހުންތެރިކަމާއެކު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކާއިމެދު ވިހާވެސްރަގަޅަށް ކަންތައްކުރުން.
  • ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން އަންނަ ޝަކުވާތައް ލޮގުކޮށް ކަމާއި ގުޅުންހުރި ސެކްޝަންތަކަށް މަހަކު އެއްފަހަރު ފޯރުކޮށް ދިނުން.
  • ކައުންސިލް އިދާރާގެ ބޭނުންކުރަމުންދާ އަސާސީ ޚިދުމަތްތަކުގެ ( ފޯނު، ކަރަންޓް އަދި އިންޓަނެޓް ފަދަ ޚިދުމަތްތައް) މެދުނުކެޑި އަދި ޚަރަދު ކުޑަވާނޭ ފަދަ ނިޒާމެއްގެ ދަށުން ޤާއިމްކޮށް ބެލެހެއްޓުން.   
  • ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ ގޮތުން ކައުންސިލަށް ހުށަހަޅަންޖެހޭ ކަރުދާސްތައް ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ތައްޔާރުކުރުން.
  • ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ އެސް.އޯ.ޕީ މެނުއަލް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އެޑްމިނިސްޓްރޭޝަން ޔުނިޓްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އަހަރީ ޕްލޭންނާއި ބަޖެޓް ޕްލޭން ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން އެކުލަވާލައި އެޕްލޭނުގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުން. 
  • އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށްޓަކައި އެތަކެތީގެ ލިސްޓް ނަގައި އެލިސްޓް ކައުންސިލަށް ހުށަހަޅައި އެޕްރޫވް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމާއި އެތަކެތި ނީލަން ކިޔުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  • ކައުންސިލް އިދާރީ މަސައްކަތްތަކުގެ ރެކޯޑު، ފަސޭހައިން ރައްކާކުރެވޭ އަދި ރިޓްރީވް ކުރެވޭނެ ފައިލިންގް ސިސްޓަމެއް ޤާއިމްކޮށް ބެލެހެއްޓުން.   
  • ކައުންސިލުން ހިންގާ ޙަރަކާތަތަކުގައި އެހީތެރިވެ އެއްބާރުލުން ދެއްވުން.

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް /  ޕްރިފާޑް ޑިސިޕލިން

އެކައުންޓިންގ ،އެޑްމިނިސްޓްރޭޝަން ،  އެގްރިކަލްޗަރަލް ސައިންސް ، އެންތްރޯޕޮލޮޖީ ,  އާކިޓެކްޗަރ ,  ބިޒްނަސް ,  ބިޒްނަސް އެޑްމިނިސްޓްރޭޝަން,  ބިޒްނަސް މެނޭޖްމަންޓް  , ސިވިލް އިންޖިނިއަރިންގ,   ކޮމާސް  , ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ,  ކޮމްޕިއުޓަރ ސައިންސް,   ކައުންސިލް އެޑްމިނިސްޓްރޭޝަން,   ކަލްޗަރ އެންޑް ހެރިޓޭޖް ,  ޑިމޮގްރަފީ ,  ޑިވެލޮޕްމަންޓް ސްޓަޑީޒް ,  އިކޮނޮމިކްސް ,  އެޑިއުކޭޝަން ,  އެންވަޔަރަންމެންޓަލް ސައިންސް,   ފައިނޭންސް ,  ގަވަރނަންސް ,  ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް,   ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް,   ހިއުމަން ރިސޯސް,   އިންފޮމޭޝަން ޓެކްނޮލޮޖީ ,  އިންޓަނޭޝަނަލް ރިލޭޝަންސް ,  ލޯ ,  ލީޑަރޝިޕް ,  ލައިބްރަރީ ސައިންސް,   ލޯކަލް ގަވަރނަންސް,   މެނޭޖްމަންޓް, މެރިން ސައިންސް ,  މާކެޓިންގ ,  އޮފީސް އެޑްމިނިސްޓްރޭޝަން,   ޕޮލިސީ ސްޓަޑިޒް,   ޕޮލިޓިކަލް ސައިންސް ,  ޕްރޮޖެކްޓު މެނޭޖުމަންޓު,   ޕަބްލިކް އެޑްމިނިސްޓްރޭޝަން,   ޕަބްލިކް މޭނޭޖްމަންޓް,   ޕަބްލިކް ޕޮލިސީ ,  ޕަބްލިކް ރިލޭޝަންސް ,  ޝަރީޢާ އެންޑް ލޯ,   ސޯޝަލް ސައިންސް,   ސޯޝަލް ވޯރކް,   ސޯޝިއޮލޮޖީ,   ސްޕޯޓްސް މެނޭޖްމަންޓް,   ސްޓެޓިސްޓިކްސް,   ސްޓްރަކްޗަރަލް އިންޖިނިއަރިންގ ,  ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ,  އަރބަން, ޕްލޭނިންގ ,  އާބަން ސްޓަޑީޒް   

 

ނޯޓު: ޕްރިފާޑް ޑިސިޕލިންއާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ޕްރިފާރޑް ޑިސިޕލްންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕްއިންޓް ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

މެނޭޖްމެންޓް

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖަނަވަރީ 2024 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr@fuvahmulah.gov.mv  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން 14 ޖަނަވަރީ 2024 އާއި 15 ފެބުރުއަރީ 2024 އާ ދެމެދު، ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865001 އަށެވެ. އީ-މެއިލް ކުރާނީ hr@fuvahmulah.gov.mv  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ޖަނަވަރީ 2024
ހޯދާ