ދިވެހިރާއްޖެ
1445 ވަނައަހަރުގެ ރަމަޟާންމަހު މިރަށު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙްނަމާދު ކޮށްދޭނެ ފަރާތްތައް ހޯދުމާއިގުޅޭ:
1445 ވަނައަހަރު ރަމަޟާންމަހު މިރަށު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްދޭނެ ޙާފިޡުން "ރާއްޖެއިން ބޭރުން ނުވަތަ ރާއްޖެއިން" ގެނެސް ގެންދިޔުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/14) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6840003 އަދި 9111005 ،9120126 ނަންބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ info@gadhdhoo.gov.mv, ނުވަތަgdhgaddhuoffice@gmail.com މެއިލް ކުރެއްވުން އެދެމެވެ.