ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފްލެޓްގައި ދިރިއުޅުއްވާ ފަރާތްތަކުގެ ސަމާލުކަމަށް:

  ފްލެޓްތަކުގައި ދިރިއުޅުއްވަމުންދާ ފަރާތްތަކުން ފްލެޓްތަކުގެ ކުރިމަތީގައި ހިނގުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދާއި، ކާޕެޓް ހައްދާފައިވާ ސަރަޙައްދުގައި އިންދާފައިހުރި ގަސްތަކާއި ބަހައްޓާފައި ހުރި ގަސް ޕޮޓްތައް ނެގުމަށް އެކިފަހަރު މަތިން ކައުންސިލުން އެންގުމުން އެއަށް ޢަމަލުކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

  ވީމާ އިސްވެ ދެންނެވުނު ސަރަޙައްދުގައި ބަހައްޓާފައިވާ މިދެންނެވުނު ތަކެތި، 05 ދުވަހުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތުން ނެންގެވުމަށް ދަންނަވަމެވެ. އަދި މިގޮތަށް ޢަމަލުކޮށްފައިނުވާނަމަ، ކައުންސިލުން މިތަކެތި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މިފަދައިން މިތަކެތި ނެގުމުގެތެރޭގައި ލިބޭ ގެއްލުންތަކަށް މިއިދާރާއިން ޒިންމާނުވާނެ ވާހަކަވެސް ދެންނެވީމެވެ.

07 ޖަނަވަރީ 2024
ހޯދާ