ދިވެހިރާއްޖެ
މަޤާމް: |
މަސައްކަތު |
ބޭނުންވާ ޢަދަދު: |
03 (ތިނެއް) |
މަޤާމުގެ ބާވަތް: |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 03 މަސްދުވަހު މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. ނަމަވެސް މުއްދަތު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި އަލުން އިޢުލާން ކުރުމަކާއި ނުލައި މުއްދަތު އިތުރު ކުރެވޭނެއެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.) |
މަޤާމު އޮތް އޮފީސް: |
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ |
މަޤާމުގެ މުސާރަ: |
6000.00 (ހަހާސް ރުފިޔާ) މަހަކަށް. |
އިތުރު ގަޑި: |
މުސާރައިގެ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ލިބޭނެއެވެ. |
މަސައްކަތުގެ ވަގުތު |
ހަފުތާއަކު 7 ދުވަހު ކޮންމެ ދުވަހަކު 6 ގަޑިއިރު (ކައުންސިލުން ނިންމާ ވަކި ގަޑިތަކެއްގައި) |
މަޤާމުގެ ޝަރުޠުތައް: |
ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: - ސްކްރީނިންގް މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ - ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ - ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް : |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ވަޒީފާޢަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކުގެ މެދުގައި އިންޓަރވިއު ބޭއްވޭނެއެވެ. އަދި މި މަޤާމަށް އައްޔަންކުރެވޭނީ މި ވަޒީފާ އަށް މީހުން ހޮވުމާއި އައްޔަންކުރުމަށް އެކުލަވާލެވިފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ info@nadellacouncil.gov.mv އެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |
ޝޯޓްލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22ޖަނަވަރީ 2024 އާއި 24 ޖަނަވަރީ 2024 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް"(A2ޝީޓް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ" (A2ޝީޓް) ޢާއްމުކޮށް ފެންނާނެހެން ގެޒެޓްގައި އަދި މި އިދާރާގެ ފޭސްބުކް ޕޭޖްގައި ޢާއްމުކުރެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު:6840007 ފޯނަށް ގުޅުއްވައިގެންނާއި އީ-މެއިލް މެދުވެރިކޮށް އަދި މި އިދާރާއަށް ޙާޟިރުވެގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ. |