ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު ވަގުތީގޮތުން ހިންގުމަށްޓަކައި ތަނެއް ކުއްޔަށް ހިފުން
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު މިހާރު ހުރި އިމާރާތް މަރާމާތުކުރުމަށްޓަކައި ވަގުތީގޮތުން ކޯޓު ހިންގުމަށްޓަކައި އިމާރާތެއް ބޭނުންވެގެން ކުރެވުނު މިކޯޓުގެ ނަންބަރު: M8C/2015/03 އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިއަށް އަންދާސީހިސާބު ހިފައިގެން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
10 ޖުމާދަލްއާޚިރާ 1436