ދިވެހިރާއްޖެ
ކަސްރަތު ޕްރޮގްރާމާއި ގުޅޭ
އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އުނގޫފާރު ޕޮލިސްޓޭޝަންގެ އިތުރުން އުނގޫފާރު ޕަބްލިކް ހެލްތު ޔުނިޓް ގުޅިގެން އުނގޫފާގައި ދިރިއުޅޭ 18 އަހަރުން މަތީގެ ދެޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށް 4 ހަފްތާގެ މުއްދަތައް ކަސްރަތު ޕްރޮގްރާމެއް ކުރިޔަށް ގެންދުމަށްވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމްގައި މޫދު ކަސްރަތާއި އިންޑޯރ އަދި އައުޓްޑޯރ ކަސްރަތުތައް ހިމެނޭނެއެވެ. ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގަ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖަނަވަރީ 2024 އިން 25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. ބައިވެރިވުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.