ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމެޓީ ދަފްތަރަށް ކުރިމަތި ލުމާގުޅޭ:

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރުމަށް ބޭނުންވާ ޙާލަތްތަކުގައި އަގުކުރުމަށް ބޭނުންވާ ޝަރުޢީ އަގުކޮމިޓީއެއް އެކުލަވާލުމަށްޓަކާ ދަފުތަރެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާތީ މިދަފުތަރުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ބޭނުންވަނީ ހިސާބުގެ މަސައްކަތް ރަނގަޅަށް ދަންނަ މަސައްކަތާއި ތަކެތީގެ އަގުތައް އެނގޭ ބޭފުޅުންނެވެ. މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ބޭފުޅަކަށް -/300 (ތިންސަތޭކަ) ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީއާއެކު "އަގުކޮމެޓީގެ މެމްބަރުކަމަށް އެދޭ ފޯމް" ހުށަހެޅުމަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 ޖަނަވަރީ 2024
ހޯދާ