ދިވެހިރާއްޖެ
އިޢުލާން
ގުރަވެހި އެވޯޑް އަށް ފޯމް ހުށަހެޅުމަށް މުއްދަތު އިތުރުކުރުން
މި ކައުންސިލުން 2024 ވަނަ އަހަރު ދޭން ނިންމާފައިވާ "ގުރަވެހި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ފެބްރުއަރީގެ ނިޔަލަށް ހުޅުވާލަމެވެ. މި އިޢުލާނާއެކު އެވޯޑަށް ނަން ހުށަހަޅާ ފޯމް އަދި "ގުރަވެހި އެވޯޑު"ގެ ސިޔާސަތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި އެވޯޑަށް ނަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެޕްލިކޭޝަންފޯމް ކައުންސިލް އިދާރާގެ ރިސެޕްޝަން އިން ލިބެންހުންނާނެއެވެ. ފޯމް ހުށަހަޅާ ފަރާތްތަކަށް އީ- މެއިލް info@thaaguraidhoo.gov.mv މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ރަޖަބް 1445
24 ޖަނަވަރީ 2024