ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2024 ވަނަ އަހަރު މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ

                                                    

                                                         ޢިޢުލާން ނަމްބަރ: GS05-C /IUL/2024/01

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2024 ވަނަ އަހަރު މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުން

 

  1. 2024 ވަނަ އަހަރު މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ފެބްރުއަރީ 05 އިން 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް       ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ފެބްރުއަރީ 12 ވާ ހޯމަ ދުވަހުގެ 12:30 ގައި މި މަރުކަޒުގެ         މީޓިންގ ރޫމުގައެވެ.

  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބްރުއަރީ 13 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް       ލިޔުމުން ފޮނުއްވުންއެދެމެވެ.

  5. ބިޑް ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 14 ވާ ބުދަ ދުވަހުގެ 13:30 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

     ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

     ފޯން:6820029

     އީ-މެއިލް: info@gaaec.edu.mv

     ކޮޕީ އީ-މެއިލް: finance@gaaec.edu.mv

 

      

    04  ފެބްރުއަރީ  2024

 

 

 

                                                                                                                                                                                   

04 ފެބުރުވަރީ 2024
ހޯދާ