ދިވެހިރާއްޖެ
މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ގދ.ފިޔޯރީގައި ކުނި މެނޭޖުކޮށް، ކުނި ކޮށި ބެލެހެއްޓުމާއި ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބުރުއަރީ 12 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާމާލަމުގައި ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދައުވަތު އަރުވަމެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭ ގޮތުން ބީލަން ހުށަހެޅުން އޮންނާނީ 2024 ފެބުރުއަރީ 18 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. ބީލާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މަތީގައި ދެންވުނު ގާނޫނުތަކާއި އެއްގޮތަށް ރަޖިސްޓަރ ކުރެވިފައި އަދި މައުލޫމާތު ސެޝަނުގައި ބައިވެރިވެ ރަޖިސްޓަރ ވާ ފަރާތްތަކަށެވެ.
ވިމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: projects@fiyori.gov.mv