ދިވެހިރާއްޖެ
އިޢުލާނު
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި މަދަރުސާގެ 1 ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަދަރުސާގެ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ 1 ކްލާސްރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ހުށަހެޅޭނެ އެންމެ ބޮޑު އަގަކީ -/75000 ރުފިޔާ (ހަތްދިހަ ފަސް ހާސް ރުފިޔާ) އެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް "ބިޑް ރަޖިސްޓްރޭޝަން ގޫގަލް ފޯމް" ފުރިހަމަ ކުރުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި އޮންލައިންކޮށް (އީމެއިލް މެދުވެރިކޮށް) ބައިވެރިވެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2024 ފެބްރުއަރީ 07 އިން 13 ވާ އަންގާރަ ދުވަހު 12:30 އަށް.
- އަންދާސީ ހިސާބު ހުށަހެޅުއްވުމަށް: 2024 ފެބްރުއަރީ 14 ވާ ބުދަ ދުވަހު ހެނދުނު 10:30 އަށް ފ. އަތޮޅުމަދަރުސާ އަށް ދުރުވެދެއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- ބިޑް ރަޖިސްޓްރޭޝަން ގޫގަލް ފޯމް ލިންކު: https://forms.gle/ZNHFX7uBpKhSEWTD9
- އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ: 7952910
- މެއިލް ކުރައްވާނީ: admin@fatollschool.edu.mv