ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން
ފުވައްމުލަކު ދޫނޑިގަން ފްލައި ގޯތީގެ ދެކުނުފަރާތާއި އިންވެގެން އޮތް 15 ފޫޓުގެ ގޯޅިމަގަށް އަރާގޮތަށް ހުރި 01 ން 07 އަށް ނަންބަރު ޖަހާފައިވާ ރުއްގަހާއި 12 ފަތްކެޔޮގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިރުއްގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 2024 ފެބުރުވަރީ 13 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަހެއްކަން އެނގޭނެ ލިއުމަކާއި އެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.
07 ފެބުރުވަރީ 2024
ހޯދާ