ދިވެހިރާއްޖެ
އިޢުލާން
ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ.
ލ. ކުނަހަންދޫ ބަދަނރު މައްޗާއި ހިއްކިސަރަހައްދާއި އަދި ބަދަނރާއި ގުޅޭ ސަރަހައްދުގައި ހުރި މިކައުންސިލުގެ ރުއްތައް 03 (ތިނެއް) އަހަރުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިރުއްތައް ވަރުވާއަށް ނެއްގެވުމަށް ޝަޢުޤުވެރިވެލައްވާ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުޞަރު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2024 ފެބްރުވަރީ 20 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް kuna.council@gmail.com އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަށް ފޯމާއެކު -/50 ( ފަންސާސް ރުފިޔާ) ގެ ފީއެއް ދައްކަންވާއެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ރުއްތައް ކުއްޔަށް ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2024 ފެބްރުވަރީ 21 ވަނަ ދުވަހުގެ 12:00ގެ ކުރިން kuna.council@gmail.com އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ފެބްރުވަރީ 22 ވަނަ ދުވަހުގެ 13:30ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާންކުރީމެވެ.
02 ޝަޢުބާން 1445
12 ފެބްރުވަރީ 2024