ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2024/051
އިޢުލާން
މ.ދިއްގަރު ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނީގެ މ.ދިއްގަރުބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް 01 އަހަރުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2024/032 އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކުންފުނީގެ މ.ދިއްގަރުބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މ.ދިއްގަރުބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.